ވަފުދަކާއެކު ރައީސް ސޯލިހް ގާސިމް އަރިހަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާއިމެދު މަޝްވަރާކުރުމަށް ރައީސް ސޯލިހް ވަފުދަކާއެކު ގާސިމް އިބްރާހިމް އާއި ބައްދަލުކުރައްވަން ވަޑައިގެންފިއެވެ. އެގޮތުން ދުވަހަށް މައުލޫމާތު ލިބިފައިވާގ...

13 Sep 2023 | 05:20

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާއިމެދު މަޝްވަރާކުރުމަށް ރައީސް ސޯލިހް ވަފުދަކާއެކު ގާސިމް އިބްރާހިމް އާއި ބައްދަލުކުރައްވަން ވަޑައިގެންފިއެވެ.

އެގޮތުން ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީގެ އިސް ވަފުދަކާއެކު ރައީސް ސޯލިހް މިހާރު އަންނަނީ ގާސިމްގެ ސަން އައިލެންޑަށް ދަތުރުކުރައްވަމުންނެވެ.

ރައީސް ގާސިމާ ބައްދަލުކުރައްވަން ދަތުރު ފައްޓަވާފައިވާއިރު ރޭގައި އިދިކޮޅުން ވަނީ ގާސިމާއި ބައްދަލުކޮށް މަޝްވަރާ ކުރިއަށްގެންގޮސްފައެވެ. އެހެން ނަމަވެސް އެ މަޝްވަރާގެ ނަތީޖާއެއް އެއްވެސް ފަރާތަކުން ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް