އަޅުގަނޑަށް ގޯތި ލިބުނުކަމަށްބުނެ ފަތުރަނީ ދޮގު: އަކްރަމް

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ގޯތި ލިބުނުކަމަށްބުނެ ފަތުރަނީ ދޮގު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އެގޮތުން، ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ފޮޓޯއެއް ހިއްސާކުރައްވަމ...

13 Sep 2023 | 04:50

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ގޯތި ލިބުނުކަމަށްބުނެ ފަތުރަނީ ދޮގު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެގޮތުން، ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ފޮޓޯއެއް ހިއްސާކުރައްވަމުން ޓްވިޓާގައި އަކްރަމް ވިދާޅުވެފައިވަނީ އޭނާވެސް އަދި އޭނާގެ ދަރިއަކުވެސް، އަންތްބަކުވެސް ގޯތި އަދި ފްލެޓް ހޯދުމަށް އެޕްލިކޭޝަނެއްވެސް ލާފައެއް ނުވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ފޮޓޯގައި ރޮއިނާ އާދަމްގެ ދެމަފިރިކަނބަލުންނާއި އަނދުން ހުސެއިން އާއި އަނަސް އާއި އިޔާޒް އާއި ލޯޔަރު އާސިފްގެ އިތުރުން އަކްރަމްގެ ފޮޓޯއާއެކު ބުނެފައިވަނި އެ ފަރާތްތަކަކީ ހުޅުމާލެއިން ގޯތި/ފްލެޓް ލިބިފައިވާ ފަރާތްތައް ކަމަށެވެ. އަދި އެ ފަރާތްތައް ގޯތި/ފްލެޓް ލިބުނު ޕްލޮޓްތައްވެސް ތީރު ކުރަހާ، އެ ފޮޓޯގައި ދައްކާފައިވެއެވެ.

https://twitter.com/Akramkdeen/status/1701811800315199694

އަކްރަމް އިތުރަށް ވިދާޅުވެފައިވަނީ ރޮޒައިނާ އަށްވެސް ހުޅުމާލެއިން ގޯތި/ފްލެޓް ލިބުނުކަމަށް ބުނެފައިވުން އެއީ ދޮގު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް