ޖޭޕީއާއި ޕީޕީއެމްގެ ހަތަރު ގަޑިއިރުގެ ބައްދަލުވުމުގައި ދެއްކި ވާހަކަ އަދި ސިއްރު!

ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރަކާ މެދު ކޯލިޝަން ހެދުމާ މެދު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ ހަތަރު ގަޑިއިރުގެ ބައްދަލުވުމުގައި ދެއްކި ވާހަކަ ޖޭޕީގެ ކައުންސިލް...

12 Sep 2023 | 19:39

ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރަކާ މެދު ކޯލިޝަން ހެދުމާ މެދު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ ހަތަރު ގަޑިއިރުގެ ބައްދަލުވުމުގައި ދެއްކި ވާހަކަ ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޖޭޕީއަށް ދައުވަތު ދޭން، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)އާއެކު އެ ޕާޓީގެ ޓީމެއް ވަނީ ރޭ ގާސިމް އިބްރާހީމްގެ އަރިހަށް، ސަން އައިލެންޑް ރިސޯޓަށް ގޮސްފައެވެ.

ގާސިމްގެ އަރިހަށް ވަޑައިގެންނެވި ޓީމުގައި ހިމެނެނީ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ޕީޕީއެމް ޕީޖީ މެމްބަރު އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިގް (ޓޮމް)އެވެ.

https://twitter.com/ahmed_nihan/status/1701677861600649680

ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު އަހުމަދު ނިހާނު ހުސެއިން މަނިކު ވިދާޅުވީ، ޕީޕީއެމް ކޯލިޝަނާއެކު ގާސިމް ބޭއްވި ބައްދަލުވުން ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔަ ކަމަށާއި، ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ޖޭޕީގެ ކައުންސިލަށް ހުށަހަޅާނެ ކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފައި ވާއިރު، ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑރ. މުހައްމަދު މުއިއްޒުއެވެ.

އެހެންކަމުން ފުރަތަމަ ބުރުން ނާކާމިޔާބު ވި ލީޑަރުން ދަނީ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކޮޅެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް