އެމްޑީޕީ ކޯލީޝަނުން ވަކިވުމާއިމެދު އެމްޑީއޭއިން ގޮތެއް ނިންމަނީ!

މިހާރު އޮތް އެމްޑީޕީ ކޯލީޝަނުން ވަކިވުމާއިމެދު އެމްޑީއޭއިން ވަރަށް އަވަހަށް ގޮތެއް ނިންމަން ތައްޔާރު ވެއްޖެއެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށ...

12 Sep 2023 | 19:29

މިހާރު އޮތް އެމްޑީޕީ ކޯލީޝަނުން ވަކިވުމާއިމެދު އެމްޑީއޭއިން ވަރަށް އަވަހަށް ގޮތެއް ނިންމަން ތައްޔާރު ވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކޮށް އެ ޕާޓީއާކު ކޯލީޝަން ހެދުމަށް އެމްޑީއޭއިން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ.

އޭރު އެ ޕާޓީން ބުނެފައިވަނީ މި ނިންމުން މިމަގުން ނިންމާފައިވަނީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހި ރާއްޖޭގެ ޕޮލިޓިކަލް ސްޓެބިލިޓީ ގާއިމުކުރުމަށްޓަކައި އެ ޕާޓީގެ ކައުންސިލުން މިއަދު ބައްދަލުކުރުމަށްފަހުގައި ކަމަށެވެ.

“ނިންމާފައިވަނީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށްޓަކައި އެމްޑީޕީއާއެކު ކޯލީޝަން ހެދުމަށް” އެމްޑީއޭއިން ބުނެފައިވެއެވެ.

އެމްޑީއޭއިން މިގޮތަށް ނިންމާފައިވާއިރު އެ ޕާޓީން ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނާއެކުގައިވެސް މަޝްވަރާކޮށްފައެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ނުކުތީ އެމްއޭއާއި އަދާލަތު ޕާޓީއާއެކު ހަދާފައިވާ ކޯލިޝަނަކާ އެކުގައެވެ. އަދި ރައީސް ސޯލިހުގެ ކެމްޕޭން ދަތުރުތަކުގައިވެސް އެ ދެ ޕާޓީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީއިން ރޭ ބޭއްވި ޖަލްސާގެ ކުރީ ސަފުންވެސް އެމްޑީއޭގެ ލީޑަރޝިޕްގެ މީހަކު ފެނިފައެއް ނުވެއެވެ. އަދި އެ ޖަލްސާގައި އެ ޕާޓީގެ ފަރާތުން އެއްވެސް މީހަކު ވާހަކަ ދައްކާފައެއްވެސް ނުވެއެވެ.

އެއާ ޚިލާފަށް އަދާލަތު ޕާޓީގެ ފަރާތުން ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދެއްކެވި އިރު، ދެން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައި ވަނީ ހުސް އެމްޑީޕީގެ މެމްބަރުންނެވެ.

"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީއޭއިން މަޝްވަރާ ކުރަމުން ދަނީ އެމްޑީޕީ ކޯލިޝަނުން ވަކިވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް