ބީ.އެމް.އެލް ސްކޫލް ކުދިންގެ 18 ވަނަ ފެތުމުގެ މުބާރާތް: ޖޫނިއަރ އަދި ސީނިއަރ ބައިގެ ޗެމްޕިއަންކަން ޣިޔާސުއްދީނަށް އިންޓަރނޭޝަނަލް ސްކޫލަށް!

ބީ.އެމް.އެލް ސްކޫލް ކުދިންގެ 18 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ ބައިގެ ޗެމްޕިއަންކަން ޤިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ. އޮގަސްޓުމަހުގެ 30 ން ސެޕްޓެމްބަރ މަހުގެ 8 ވަނަ ދު...

13 Sep 2022 | 17:18

ބީ.އެމް.އެލް ސްކޫލް ކުދިންގެ 18 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ ބައިގެ ޗެމްޕިއަންކަން ޤިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.

އޮގަސްޓުމަހުގެ 30 ން ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަަންހެން ކުދިންގެ ޖޫނިއަރ އޭ ކެޓަގަރީ، ޖޫނިއަރ ބީ ކެޓަގަރީ ސީނިއަރ އޭ ކެޓަގަރީ، ސީނިއަރ ބީ ކެޓަގަރީން ވެސް ޗެމްޕިއަންކަން ހޯދީ ޣިޔާސުއްދީނެވެ. އަދި ފިރިހެންކުދިންގެ ޖޫނިއަރ ބީ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ސްކޫލެވެ.

ފިރިހެންކުދިންގެ ޖޫނިއަރ އޭ ކެޓަގަރީގެ ޗެމްޕިއަންކަން ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް މޯލްޑިވްސް ހޯދިއިރު، ފިރިހެންކުދިންގެ ސީނިއަރ އޭ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ. އަދި ފިރިހެންކުދިންގެ ސީނިއަރ ބީ ކެޓަގަރީން ޗެމްޕިއަންކަން އިމާދުއްދީން ސްކޫލުން ހޯދިއިރު، ފިރިހެންކުދިންގެ ސީނިއަރ ސީ ކެޓަގަރީން އެއްވަނަ ހޯދައިފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަނުންނެވެ.

މިމުބާރާތާއިއެކު ސެޕްޓެމްބަރމަހުގެ 7 ން 10 ވަނަ ދުވަހުގެ ނިޔަލަށް، ތުއްތުކުދިންނަށް ޚާއްސަކޮށްގެން ބޭއްވުނު ފެސްޓިވަލްގައި، އަންހެންކުދިންގެ ކިޑްސް ބީ ކެޓަގަރީގެ ޗެމްޕިއަންކަން ރެހެންދި ސްކޫލުން ވަނީ ހޯދާފައެވެ.

މި ފެސްޓިވަލުގެ ފިރިހެންކުދިންގެ ކިޑްސް ބީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުންނެވެ.

އަންހެންކުދިންގެ ކިޑްސް ސީ ކެޓަގަރީގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދާފައިވާއިރު، މި ކެޓަގަރީގެ ފިރިހެންކުދިންގެ ބައިގެ ޗެމްޕިއަންކަން ހޯދައިފައިވަނީ އިސްކަންދަރު ސްކޫލުންނެވެ.

މިފަހަރުގެ ސްކޫލުކުދިންގެ ފެތުމުގެ މުބާރާތުގައި 823 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް