މަޖިލީހަށް ސާޖަންޓް އެޓް އާމްސްއެއް ހޯދަން އިއުލާނު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ. އެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ އުމުރުން 25 އަހަރު ވެފައިވާ، މީހުންނަށް މި މަގާމަށް ކުރިމަތި ލެވ...

13 Sep 2022 | 16:20

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ އުމުރުން 25 އަހަރު ވެފައިވާ، މީހުންނަށް މި މަގާމަށް ކުރިމަތި ލެވޭނެ ކަމަށެވެ. އަދި އެންމެ ދަށްވެގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަގާމަށް ޝަރުތު ފުރިހަމާ މީހުންނަށް މި މަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށް ވުމާއި އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުމާއި މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށް ވުން އަދި ބުއްދި ސަލާމަތުން ހުރުމެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތު މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް ވަކި ކުރީ މިދިޔަ މަހުގެ24 ވަނަ ދުވަހު އެވެ. އާންމު ކޮމިޓީން ބެލި މައްސަލައަކަށް ފަހު އޭނާ މަގާމުން ވަކި ކުރީ އޭނާއަށް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ހަލީމް ސަސްޕެންޑް ކޮށްފައި ވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ކޮޓަރި ބަގްކޮށް، ދައްކާ ވާހަކަތައް ސިއްރުން އަޑު އަހަން އުޅޭ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ހަލީމަށް ފިޔަވަޅު އަޅާފައި ވަނީ އެނގި ހުރެ، އެކަމާ ދެކޮޅަށް ފިޔަވަޅު ނޭޅި މައްސަލައިގައި ކަމަށްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް