ބްރިޓިޝް ހައި ކޮމިޝަންގެ އެހީގައި ރާއްޖޭގައި އޮންލައިން މީޑިއާ އެތިކްސް ކޯހެއް ހިންގަން ނިންމާ، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މި ކޯހަކީ ކެނަޑާގެ ކުންފުންޏެއް ކަމަށްވާ އެލިނިއަރ އިންޓަރނެޝަނަލް އިން މޯލްޑިވްސް ސްޓްރެންތްނިންގ ކޮމިއުނިކޭޝަންސް އެންޑް ގަވަރނަންސް ޕްރޮޖެކްޓްގެ ދަށުން ފަރުމާކޮށް ހިންގުމަށް ނިންމާފައިވާ ކޯހެކެވެ.
މި ކޯސް ހިންގުމަށް ނިންމާފައިވަނީ އަންނަ 2023 ވަނަ އަހަރުއެވެ.
މި އެއްބަސްވުން އެކުލަވާލާފައިވަނީ އެލިނިއަރ އިންޓަރނޭޝަނަލް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، ޕީ.އެސް.އެމްގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި ދެމެދުއެވެ.
މި އެއްބަސްވުންތަކުގައި އެލިނިއަރ އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ނައިބު ރައީސް ޗާލްސް ޑަފެވެ. އައި.ޔޫ.އެމްގެ ފަރާތުން ވައިސް ޗާންސެލަރ ޑރ. ޒަކަރިއްޔާ މޫސާ ސޮއިކުރެއްވިއިރު، އެމް.އެމް.އައިގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންސްޓިޓިއުޓް މުޙައްމަދު ޖިނާޙެވެ. އަދި ބްރޯޑްކޮމްގެ ފަރާތުން އެތަނުގެ ސެކެޓްރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސޮއި ކުރެއްވިއިރު، އެމް.އެމް.ސީގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޝަފާއު ހަސަނެވެ.
މި ކޯހުގެ މަގުސަދަކީ މީޑިއާ، ކޮމިއުނިކޭޝަންސް ބިއުރޯސް، ސިވިލް ސޮސައިޓީ އަދި ޝައުގުވެރިކަން ހުންނަ އެހެން ފަރާތްތަކަށް ޓްރެއިނިންގ ޓޫލެއްގެ ގޮތުގައާއި ޤަބޫލުކުރެވޭ ފެންވަރެއްގެ ކޮލިފިކޭޝަނަކަށް އަދި އެތިކަލް ބޭސްލައިނަކަށް ބޭނުންކުރެވޭނެ އޮންލައިން މީޑިއާ އެތިކްސް ކޯހެއް އުފެއްދުމެވެ.
މަލްޓިމީޑިއާ ބޭނުންކޮށްގެން ފަރުމާ ކުރެވޭ މި ކޯހަކީ އެންމެނަށް ވެސް ބައިވެރިވެވޭނެ، ރާއްޖޭގެ ވެއްޓައް އެކަށޭނެ، އަދި ޖަރނަލިސްޓިކް ބެސްޓް ޕްރެކްޓިސްގެ އިންޓަރނެޝަނަލް ސްޓޭންޑަޑަށް ފެތޭނެ ގޮތަށް ފަރުމާކުރެވޭ ކޯހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް