އޮސްޓްރޭލިއާގައި ޕެޓެއްގެ ގޮތުގައި ގެންގުޅޭ ކެންގަރޫއެއް ހަމަލާދީ، މުސްކުޅި ވެރިމީހާ މަރާލައިފި

އޮސްޓްރޭލިއާގައި ޕެޓެއްގެ ގޮތުގައި ގެންގުޅުނު ކެންގަރޫއެއް ހަމަލާދީ، މުސްކުޅި ވެރިމީހާ މަރާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ޓައުނެއް ކަމަށްވާ ރެޑްމޮންޑް ގައި އެވެ. މަރުވެފައިވަނީ އުމުު...

13 Sep 2022 | 12:05

އޮސްޓްރޭލިއާގައި ޕެޓެއްގެ ގޮތުގައި ގެންގުޅުނު ކެންގަރޫއެއް ހަމަލާދީ، މުސްކުޅި ވެރިމީހާ މަރާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ޓައުނެއް ކަމަށްވާ ރެޑްމޮންޑް ގައި އެވެ. މަރުވެފައިވަނީ އުމުުރުން 77 އަހަރުގެ ފިރިހެނެކެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނީ އެމީހާއަށް އަމަލާދެމުން ދިޔަ ކެންގަރޫ ހުއްޓުވީ ބަޑިޖަހާ މަރާލައިގެން ކަމަށެވެ. އެމީހާ ވަނީ ކެންގަރޫ ހަމަލާ ދިނުމާއި ގުޅިގެން އެތަނަށް މަރުވެގެން ވެއްޓިފަ އެވެ.

މިދިޔަ ޖުލައި މަހުވެސް އޮސްޓްރޭލިއާގައި 67 އަހަރުގެ އަންހެނަކަށް ކެންގަރޫއެއް ހަމަލާދީ މަރާލާފައިވެ އެވެ. އެމީހާ މަރާލީ ފައިގަ ދަތް އަޅާ ކާލުމަށް ފަހު އެވެ.

މިދިޔަ މާޗް މަހު އެ ގައުމުގައި ތިން އަހަރުގެ ކުއްޖަކަށްވެސް ކެންގަރޫއެއް ހަމަލާ ދިނެވެ. އެ ކުއްޖާއަށް ސީރިއަށް އަނިޔާތަކެއް ލިބުނެވެ.

ފުލުހުން ބުނީ ކެންގަރޫގެ ފަރާތުން އިންސާނުންނަށް ސަލާމަތްވާން އުނދަގޫވަނީ އެއީ އިންސާނުންހެން ދެ ފައި މައްޗަށް ތެދުވެގެން ގިނަ އިރު އުޅޭ ޖަނަވާރަކަށް ވާތީ ކަމަށެވެ.

އޮސްޓްރޭލިއާގައި 500 މިލިއަން ކެންގަރޫ ދިރިއުޅެ އެވެ. އެ ގައުމުގައި އާންމުކޮށް ދިރިއުޅޭ ބޮޑެތި ކެންގަރޫގެ ބަރުމިނުގައި 90 ކިލޯ ހުންނައިރު ދެ މީޓަރަށް ދިގުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް