ސައޫދީގައި އެބޯޝަންގެ ހިދުމަތް ދެމުންދިޔަ ޑަކުޓަރަކު ހައްޔަރުކޮށްފި

ސައޫދީ އަރަބިއްޔާގައި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އެބޯޝަންގެ ހިދުމަތް ދެމުންދިޔަ އަންހެން ޑަކުޓަރަކު ހައްޔަރުކޮށްފިއެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތުން އިއްޔެ ބުނެފައިވަނީ މި މައްސަލައިގާ ހައ...

13 Sep 2022 | 11:30

ސައޫދީ އަރަބިއްޔާގައި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އެބޯޝަންގެ ހިދުމަތް ދެމުންދިޔަ އަންހެން ޑަކުޓަރަކު ހައްޔަރުކޮށްފިއެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތުން އިއްޔެ ބުނެފައިވަނީ މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އެހެން ގައުމަކަށް ނިސްބަތްވާ އަންހެން ޑަކުޓަރެއް ކަމަށާއި އޭނާ ހައްޔަރުކުރީ ވެރިރަށް ރިޔާދުގައި އޭނާ ހިންގަމުން އަންނަ ކްލިނިކުން ކަމަށެވެ.

މިނިސްޓްރީން އޭނާ އަތުލައިގަތީ ޕޭޝަންޓެއްގެ ގޮތުގައި މިނިސްޓްރީގެ މުވައްޒަފަކު އެ ކްލިނިކަށް ދައްކަން ގޮސް އެ ޑަކުޓަރު އެކަން ކޮށްދޭން އެއްބަސްވުމުންކަމަށްވެސް ބުނެފައިވެއެވެ. އެ ކްލިނިކަކީ އެކަމުގެ ހުއްދަ އޮންނަ އަދި އެފަދަ އޮޕަރޭޝަނެއް ކުރެވޭނެ ސިއްހީ ގާބިލުކަންވެސް ނެތް ކްލިނިކެއް ކަމުގައިވެސް ބުނެފައިވެއެވެ.

މި ކުށުގައި ހައްޔަރުކުރި އަންހެން ޑަކުޓަރަށް ހަ މަހަށްވުރެ މަދު ނޫން މުއްދަތެއްގެ ޖަލު ހުކުމަކާއި އެއް ލައްކަ ރިޔާދުގެ ޖޫރިމަނާއެއް އަންނާނެއެވެ.

ސައޫދީގައި އާއްމު އުސޫލަކުން ބަލާނަމަ އެބޯޝަން ހުއްދައެއް ނޫނެވެ. އެހެން ނަމަވެސް ވަކި ހާލަތްތަކެއްގައި އެބޯޝަން ހުއްދަ ކުރާ ގާނޫނެއް އޮވެއެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ މައި މީހާގެ ފުރާނައަށް ނުރައްކާތެރިވުންފަދަ ބައެއް ބޮޑެތި ހާލަތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް