ތަރައްގީގެ ހުރިހާ މަސައްކަތެއް ކުރީ ގާސިމޭ ވިދާޅުވި ނަމަ މާ ރަނގަޅުވާނެ ނޫންތޯ: އަދުރޭ

މި ރާއްޖޭގައި ހިންގި ހުރިހާ ތަރައްގީގެ މަޝްރޫއުތަކަކީ އަމިއްލައަށް ހިންގެވި ކަންކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ނަމަ މާ ރަނގަޅުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދޔﷲ އަބްދ...

13 Sep 2022 | 10:54

މި ރާއްޖޭގައި ހިންގި ހުރިހާ ތަރައްގީގެ މަޝްރޫއުތަކަކީ އަމިއްލައަށް ހިންގެވި ކަންކަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ނަމަ މާ ރަނގަޅުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދޔﷲ އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ސިނަމާލެ ބްރިޖު އަޅާވާހަކަ ފުރަތަމަ ދެއްވީ އޭނާ ކަމަށް ގާސިމް ވިދާޅުވުމުންނެވެ. ގާސިމް ވިދާޅުވީ ބޮޑެތި ކަންކަން ކުރުމުގެ ވިސްނުން އެހެން މީހުންގެ ނުހުންނަ ކަމަށާއި ބުރިޖު އެޅުމުގެ ވާހަކަވެސް އެންމެ ފުރަތަމަ ދެއްކެވީ ވެސް އޭނާ ކަމަށެވެ.

މި ވާހަކައަށް ރައްދު ދެއްވައި އަބްދުއް ރަހީމް ކުރެއްވި ޓުވީޓެއްގައި ވަނީ ރިޔާސީ އިންތިހާބު ކައިރިވަނީތޯ ސުވާލު ކުރައްވާފަ އެވެ. އަދި ހަމަ އެކަނި ބްރިޖުގެ ވާހަކަ އެކަނި ވިދާޅުވީ ކީއްވެތޯވެސް ސުވާލު ކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ބްރިޖު އަދި ރާއްޖޭގައި މިހާތަނަށް ކޮށްފައި ހުރި ހުރިހާ ތަރައްގީގެ މަޝްރޫއުތަކަކީ ގާސިމް ކުރައްވާފައި ހުރި ކަންކަން ކަމަށް ވިދާޅުވި ނަމަ މާ ރަނގަޅުވީސް ކަމަށެވެ.

https://twitter.com/Banafsaa/status/1569569836161957889

ގާސިމް ވިދާޅުވީ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިރުގައި އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުމަށް ބޮޑު ޕްރޮޖެކްޓެއް ގެންނެވި ނަމަވެސް އޭރުގެ ސަރުކާރުން އެކަން ކުރިޔަ ނުދިނީ ކަމަށެވެ.

އަދި، އެކަން ކުރާނެ އިންވެސްޓަރުން ވެސް އޭނާ ހޯއްދަވައި ސަރުކާރުގެ ކުރިމައްޗަށް ގެނައިން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރުގެ އިކޮނަމިކް މިނިސްޓަރާއި ސަރުކާރުގެ އެހެންވެސް ބައެއް ވެރިން އެ މަޝްރޫއު ކުރިޔަށް ގެންދިޔަ ނުދިނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް