ސިޔާސީ ކަންކަމާ އެވަރަކަށް ނޫޅެން، އުޅޭ ނަމަ ހުންނާނީ ވެރިކަމުގައި: ގާސިމް

ސިޔާސީ ކަންކަމައިގެން އެވަރަށް ނޫޅޭ ކަމަށާއި އުޅޭ ނަމަ ހުންނާނީ ވެރިކަމުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި މާގިމިގީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް ވަނީ2008 ވަނަ އަހ...

13 Sep 2022 | 08:44

ސިޔާސީ ކަންކަމައިގެން އެވަރަށް ނޫޅޭ ކަމަށާއި އުޅޭ ނަމަ ހުންނާނީ ވެރިކަމުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި މާގިމިގީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ވަނީ2008 ވަނަ އަހަރު އަދި2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ފުރަތަމަ ބުރުން ނާކާމިޔާބު ވެފައިއެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ގާސިމް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ޖޭޕީން ވަނީ ދީފަ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާއަކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި ސިޔާސީ ކަންކަމުގައި އުޅުއްވާ ނަމަ މާކުރީއްސުރެ ހުންނަވާނީ ވެރިކަމަށްވަޑައިގެން ކަމަށެވެ. އޭގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރައްވަނީ އިސްލާހަށް ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮންމެ ފަދަ ކަމެއް ނުވަތަ ކޮންމެ ގޮތެއް ހަދައިގެން ވެރިކަން ހޯއްދެވުމަކީ ކުރައްވާނެ ކަމެއް ނޫން ކަަމަށާއި ސިޔާސީ ދާއިރާގައި ކުރި ހޯދުމަކީވެސް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަނީވެސް އެންމެ ބޭނުމެއްގައި ކަމަށެވެ. އެއީ އިސްލާހަށް މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ލިބޭ ފައިސާ ހޭދަކުރެވޭ ގޮތާއި މެދު ހިތާމަ ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ލިބުނު އާމްދަނީގެ 60 އިންސައްތަ ހަރަދުކޮށްފައިވާނީ ގައުމަށާއި ދިވެހި ދަރިވަރުންނަށް ކިޔަވައި ދިނުމަށާއި ﷲ ގެ މަގުގައި ކަމަށެވެ.

ގާސިމް ވެރިކަން ބޭނުން ނުވާކަމަށް ވިދާޅުވި އިރު އާ ގާނޫނު އަސާސީ ފާސްކުރި ފަހުން ބޭއްވި އިންތިހާބުތަކުގެ ތެރެއިން ގާސިމް ވާދަ ނުކުރައްވަނީ2018 ވަނަ އަހަރުގެ އިންތިހާބުގައި އެވެ. އެއީ ޖަލު ހުކުމެއް އިއްވާފައި ހުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް