ޝާހިދުގެ ރިޔާސަތުން އދ. އަށް އިތުރު އާރޯކަމެއް ގެނުވައިފި: ރައީސް

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހިދުމަތުގެ ސަބަބުން އދ. އަށް އިތުރު އާރޯކަމެއް ގެނުވައިފިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެ...

13 Sep 2022 | 08:25

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހިދުމަތުގެ ސަބަބުން އދ. އަށް އިތުރު އާރޯކަމެއް ގެނުވައިފިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޝާހިދުގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ދައުރު މިއަދު ނިންމާލުމާއި ގުޅިގެން ކުރެއްވި ޓުވީޓެކެވެ. އެމަގާމަކީ އެއް އަހަރު ދުވަހުގެ މުއްދަަށް އޮންނަ މަގާމެކެވެ.

ރައީސް ވިދާޅުވީ އެ ޖަމާއަތަށް އިތުރު އާރޯކަން ގެނުވުމުގެ އިތުރުން ގައުމުތަކާއި އޮތް ގުޅުން ޝާހިދުގެ އެއް އަހަރުގެ ދައުރުގައި ބަދަހިވި ކަމަށެވެ. އެމަނިކުފާނު ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ ދައުރު ފުރިހަމަކުރެއްވުމާއި ގުޅިގެން ޝާހިދަށް މަރުހަބާ ދަންނަވައިފައެވެ.

https://twitter.com/ibusolih/status/1569551911908679680

ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ވަޑައިގެން ގައުމަކީ ދިވެހި ރާއްޖެ އެވެ. އެ ދަތުރުފުޅަކީ ރައީސް ސޯލިހުގެ ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެކެވެ.

މިއީ ތާރީހުގައިވެސް ދިވެއްސަކަށް އދ.ގެ މިފަދަ ޝަރަފްވެރި މަގާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް