ސޯޝަލް މީޑިއާގައި އާންމުންގެ ކުރިމަތީގައި ބަރަހަނާވުމުގެ ރެކޯޑެއް އޮންނަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ވިދާޅުވީ ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯއާއި ފޮޓޯ އާންމުކުރި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 37 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާކަމަށެވެ.
"މައްސަލަ ދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ޔާޔާ އަނެއްކާވެސް ހައްޔަރުކޮށްފައިވާއިރު މިދިޔަ އޯގަސްޓްމަހުގެ 31 ވަނަ ދުވަހުވެސް ކޯޓު އަމުރެއްގެ ދަށުން ޔާޔާ ހައްޔަރުކުރިއެވެ. ނަމަވެސް މުޖްތަމައަށް ނުރައްކަލެއް ނެތްކަމަށް ނިންމާ ކްރިމިނަލް ކޯޓުން، ޖެހިގެން އައި ދުވަހު ޔާޔާ ދޫކޮށްލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް