މ. މުލި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކެއްގެ ބޮޑު ބައި ނިންމައިފި އެވެ.
އެ މަސައްކަތުެގ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
އެ ކުންފުނިން ބުނީ މަޝްރޫއު ގެ ދަށުން ފަޔަރ ބިލްޑިންގ ޕްލާސްޓް އެޅުމުގެ މަސައްކަތުގެ 68 ޕަެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. ރަންވޭ ހިއްކުމުގެ މަސައްކަތުގެ 42 ޕަސެންޓުވެސް ނިމިފައިވާ ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރާނެ އެވެ. އަދި މަޝްރޫއު ނިމޭއިރު ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫޢަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް