ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު މިއަދުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަދަދު މަދު ކަމުން އެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ 87 އިދާރީ ދާއިރާއެއްގެ މައްޗަށް އެކުލެވިގެންވާ މަޖިލީހުގައި މިއަދު ތިއްބެވީ އެންމެ 24، އިއްޒަތްތެރި މެންބަރުން ކަމަށެވެ.
"ސަލާމުގައި ހަ، އިއްޒަތްތެރި މެންބަރުން، ރަސްމީ ދަތުފުޅުގައި ތިން، އިއްޒަތްތެރި މެންބަރުން، ވަޑައިނުގެންނެވޭގޮތަށް ތިއްބެވީ ޖުމްލަ ނުވަ، އިއްޒަތްތެރި މެންބަރުން" ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މި ކަންބޮޑުވުން އިތުރަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގަވާއިދުން މުސާރަ ލިބެމުންދާ ތަނެއްގައި ހެނދުނުގެ ޖަލްސާ ފަށާއިރު 24 ތިބުމަކީ އެމަނިކުފާނު ދެކެލައްވާގޮތުގައި ގާނޫނީ ވާޖިބަށް ފަރުވާތެރިކަން ނުބެހެއްޓުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް