އިންޑޮނީޝިއާގެ ރިސޯޓު ރަށް ބާލީގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ހަރުކަށީ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފި އެވެ.
މިދިޔަ ދެ މަހެއްހާ ދުވަހު ކޯވިޑްގެ ހާލަތު އެންމެ ގޯސްވި އޭޝިއާ ގައުމަކީ އިންޑނީޝީއާ އެވެ. ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއް މިހާތަނަށް ހުނީ ލެވެލް ހަތަރެއްގައި އެވެ.
އެ ގައުމުގެ މިނިސްޓާ އޮފް މެރިޓައިމް އެންޑް އިންވެސްްމެންޓު އެފެއާޒް ލުހުތް ބިންސަރު ވިދާޅުވީ ބާލީގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވަނީ ފިޔަވަޅުތަކުގެ ލެވެލް ތިނަކަށް މިހާރު ދަށް ކުރެވޭނެ ކަމަށެވެ. އޭނާ ވަނީ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އަބަދުވެސް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފަ އެވެ.
ޖޫން މަހުން ފެށިގެން އިންޑޮނީޝިއާގައި ކޯވިޑް ފެތުރުން ކޮންޓްރޯލުން ނެއްޓީ ޑެލްޓާ ވޭރިއަންޓު ފެތުރެން ފެށުމުންނެވެ.
ތަފާސް ހިސާޞު ދައްކާގޮތުން އެ ގައުމުގައި 42.1 މިލިއަން މީހުން ވަނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ 208.2 މިލިއަން ކޯވިޑް ވެކްސިން ދިނުމެވެ،
މިހާތަނަށް އެ ގައުމުން 4.1 މިލިއަން މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އަދި ބަލީގައި 139،165 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް