ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފްތާގައި އެމެރިކާއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރައީސް އެމެރިކާއަށް ކުރައްވަނީ ކިތައް ދުވަހުގެ ދަތުރުފުޅެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މިއީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ.ގައި ތަގުރީރުކުރައްވާ ދެވަނަ ފަހަރެވެ.
އދ.ގެ ސެކްރެޓޭރިއަޓުން އާންމުކޮށްފައިވާ ވަގުތީ އެޖެންޑާގައިވާ ގޮތުން، ރައީސް ސޯލިހު ތަގުރީރުކުރެއްވުމަށް ތާވަލުކުރެވިފައިވަނީ ފުރަތަމަ ދުވަހުގެ ސެޝަންގައި ތިން ވަނަ އަށެވެ. އދ. ގެ އާންމު މަޖިލީހުގައި ގައުމުތަކުގެ ވެރިން ތަގުރީރު ކުރައްވަން ހަމަޖެހިފައިވަނީ މިމަހުގެ 21 ން 25 ވަނަ ދުވަހުގެ ނިިޔަލަށެވެ.
އދ ގެ 76 އާންމު މަޖިލީސް ރަސްމީކޮށް ފެށޭނީ މާދަމާ އެވެ. މާދަމާ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް މަގާމާއި ހަވާލުވެވަޑައިގެންނަވާނެ އެވެ.
ކޯވިޑުގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު އާންމު މަޖިލީހުގެ ބަހުސް ބާއްވާފައިވަނީ އޮންލައިންކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް