ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަންނަ ބްރިޖް ހިމެނޭ ސަރަހައްދުން މިރޭ ވަކި ވަގުތަކަށް ފެން ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިރޭ 5 ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށެވެ. އަދި ފެން ކަނޑާލަނީ ހުޅުމާލޭގެ ފެނުގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
އެގޮތުން މިރޭ 22:00 އިން ފަތިހު 4:00 އަށް ފެނުގެ ޚިދުމަތް ކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.
އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މައާފަށް އެދިފަ އެވެ.
https://twitter.com/MWSC_Official/status/1437426190285828103
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް