ހުޅުމާލޭ ޖަލުގައި ހުރި ގައިދީއެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ގައިދީއަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ، ނިޔާވެފައިވަނީ ގދ. ވާދޫ/ ޖަނަވަރީގެ، މުހައްމަދު އަސްލަމް ކަމަށެވެ. އަދި އޭނާއަކީ އުމުރުން 40 އަހ...

13 Sep 2021 | 17:07

ހުޅުމާލޭ ޖަލުގައި ގައިދީއަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ، ނިޔާވެފައިވަނީ ގދ. ވާދޫ/ ޖަނަވަރީގެ، މުހައްމަދު އަސްލަމް ކަމަށެވެ. އަދި އޭނާއަކީ އުމުރުން 40 އަހަރުގެ މީހެއް ކަމަށް ވެސް ކަރެކްޝަނަލް ސަރވިސް އިން ބުނެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަސްލަމް ނިޔާވީ މިރޭ ގާތްގަނޑަކަށް 6:00 އެހާކަންހާއިރު، ކަމަށާއި ޔާޑު ސަރަހައްދުގައި އިށީނދެގެން އިންދާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އޭނާ އިށީނދެ އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލުން ބެލުމަށްފަހު މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ވަނީ މިރޭ 8:23 ގައި ކަމަށް ވެސް ކަރެކްޝަނަލް ސަރވިސް އިން ބުންޏެވެ.

އަސްލަމަކީ ބޮޑު ބައްޔަކަށް ފަރުވާ ކުރަމުންދިޔަ މީހެއް ނޫން ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް