މުއައްޒަފުން ތަމްރީނުކުރުމުގެ ކަންތަކުގައި އެހީތެރިކަން ހޯދުމަށް ތުރުކީގެ އެންމެބޮޑު ސިޓީގެ މޭޔަރާ މަޝްވަރާކޮށްފި އެވެ.
މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އާއި ތުރުކީގެ އެންމެ ބޮޑުސިޓީގެ މޭޔަރ އުގާރ އިބްރާހީމް އަލްތޭ ދެމެދު މި މަޝްވަރާތައް ކުރައްވާފައިވަނީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެގައުމަަށް މިހާރުކުރައްވަމުން ގެންދަބާ ރަސްމީ ދަތުރުފުޅުގަ އެވެ.
https://twitter.com/MaleCitymv/status/1436824284383494147
މާލޭ ސިޓީ ކައުންސިލުން ބުނީ ސިސްޓަރ ސިޓީ ހެދުމާއި ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ފުރާވަޑައިގަތީ މި ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެެވެ.
މާލޭ ސިޓީ ކައުންސިިލުން ބުނެފައިވަނީ މިދަތުރުގައި ތުރުކީގެ އެކި ސިޓީތަކުގެ މޭޔަރުންނާއި ބައްދަލުކޮށް އެ ސިޓީތަކާއި ގުޅުން ބަދި ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މާލޭ ސިޓީ އާއި ގުޅުން ގުޅުން ހުރި އެކި ކަންކަމަށް އެހީތެރިކަން ހޯދޭނެ މަގު ފަހި ކުރާނެ ކަމަށެވެ.
މިއީ މުއިއްޒު މަގާމާއި ހަވާލުވެވަޑައިގެން ފަހުން ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް