ލ. ގަން މުކުރިމަގު ސްކޫލްގެ އޮފީސް އިމާރާތް އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު އެވެ. އެސްބްރޯ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރު މުހައްމަދު ތަވީލް އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއު އަކީ މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ ގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ. އެސްބްރޯ އައި މި މަޝްރޫއު ހަވާ؛ލުކޮށްފައިވަނީ 4.4 މިލިއަން ރުފިޔާ އަށެވެ.
މަސައްކަތް ނިންމެން ޖެހެނީ 120 ދުވަސް ތެރޭގައި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި އުންމީދު ކުރަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް