ހިތްހަމަ ނުޖެހެ ކަމެއް ސަރުކާރުގެ ތެރެއިން ފެނުނަސް މަޑުން ނުވަތަ ނިދާފައި ޖުމްހޫރީ ޕާޓީ އޮންނަން ޖެހެނީ ދެކޮޅަށް ވާހަކައެއް ދައްކާލާއިރަށް އެންމެ ފުރަތަމަ ހަމަލާ އަންނާނީ އޭނާ އާއި ދިމާލަށް ކަމަށްވާތީ ކަަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ގާސިމް ވިދާޅުވީ އެ ޕާޓީއަކީ ނިދާފައި އޮންނަ ޕާޓީއެއް ކަމަށް ބުނެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ކިޔަމުންދާ ފާޑުކިޔުންތަކަކި ތެދު ވާހަކައެއް ކަމަށެވެ. އޭނާ ވިދާޅުވީ އެޖެން ވާން ޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ސަރުކާރާއި ދެކޮޅަށް އެއްޗެއް ބުނެފި ނަމަ އެންމެ ފުރަތަމަ ހަމަލާ އަމާޒުވަނީ ގާސިމަށް ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ޖޭޕީއަށް ހަމަލާދޭން ފަށާކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ މި ސަރުކާރާއި ދެކޮޅަށް ނުތެދުވެ ތިބެނީވެސް ހިތްހަމަ ޖެހޭތީ ކަމަށް ނޫން ކަމަށެވެ.
ގާސިމް ފާހަގަ ކުރެއްވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ޖުމްހޫރީ ޕާޓީއާ އެކު އެއްބަސްވެފައިވާ ގޮތަށް އަދި އެ ޕާޓީއަށް ހައްގު މިންވަރަކަށް ސަރުކާރުން ޖާގައެއް ނުދެ އެވެ. އެހެން ނަމަވެސް ހަމަނުޖެހުން އުފައްދަން ބޭނުން ނުވާތީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް އިން ވެސް ކޮލިޝަންގައި ތިބެނީ "ޝުކުރު ކޮށްލައިގެން" ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މާޒީއަށް ބަލާއިރު ބުރަ މަސައްކަތުން ކޯލިޝަން ތެރެއިން ވެރިކަން ހޯދައި ދިނުމުން ކަންތައް ކުރަނީ އެއްގޮތަކަށް ކަމަށެވެ. އަދި ކޮންމެ ވެރިކަމެއްގައި ޖަލަށް ދާން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އެހެންކަމުން އެއްޗެއް ބުނާއިރު ވިސްނަން ޖެހޭ ކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ އަނބިދަރިންނާއި މުދަލާއި ރައްޔިތުންނަށް ބަލާތީ ބަލާލައިގެން އުޅެނީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް