ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ ކޯ-ސްޕޮންސަރުކަން އެސްޓީއޯ އަށް ލިބިއްޖެ އެވެ.
މި މުބާރާތުގެ އެކި ޕާޓުނަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތައް އިޢުލާނުކޮށް، ސޮއި ކޮށްފައިވަނީ މި މުބާރާތަށް ޚާއްސަކޮށް ފެށި ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ”މަގޭ މަހަލްދީބު“ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ސާފް ޗެމްޕިއަންޝިޕްގެ ކޯ-ސްޕޮންސަރަކުން އެސްޓީއޯ އިން ނެގި އިރު، ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އެލައިޑް އަދި އިންޝުއަރެންސް ޕާޓްނަރަކަށް ހަމަޖައްސާފައިވާ އިރު، އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސާފައި ވަނީ މެޑިކަލް ޕާޓްނަރުގެ ގޮތުގަ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ”އަދަދު“ އެވެ.
މިއީ އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ރާއްޖެއިން ވަނީ ލަންކާއާއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓުކޮށްފަ އެވެ. އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކޮށްފައިވާ އިރު، ފައިނަލް ކުޅުނީ ލަންކާގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް