ހިޔާ ފްލެޓުގެ ކޮމާޝަލް ޔުނިޓްތައް ތަޅާ ގޮތުން ހިޔާ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ގްރައުންޑް ފްލޯގައި ކޮމާޝަލް ޔުނިޓްތައް ހަދާ ގޮތުން، އިމާރާތުގައި އުޅޭ މީހުންނަށް ބިރުވެރިކަން އޮތްކަމަށް ހިޔާ ޔޫނިއަންއިން ބުނެފި އެ...

13 Sep 2021 | 08:50

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ގްރައުންޑް ފްލޯގައި ކޮމާޝަލް ޔުނިޓްތައް ހަދާ ގޮތުން، އިމާރާތުގައި އުޅޭ މީހުންނަށް ބިރުވެރިކަން އޮތްކަމަށް ހިޔާ ޔޫނިއަންއިން ބުނެފި އެވެ.

ކޮމާޝަން ޔުނިޓުތަކުގައި ފިހާރަ ހަދާ މީހުންނަށް އިމާރާތުގެ ފާރު ތަލައި ޑިޒައިނަށް ބަދަލު ގެނައުމުގެ ހުއްދަ އެޗްޑީސީން ވަނީ ދީފަ އެވެ. އެހެންވެ ބައެއް ޔުނިޓުތައް ނަގައިގެން އުޅޭ މީހުން ޖެހިޖެހިގެން ހުންނަ ދެ ޔުނިޓު އެއްކޮށް ލުމަށް ފާރު ތަޅާލަމުން ދާއިރު ބޭރަށް އެއްޗެހި ނެރުމަށްވެސް ފާރު ދަނީ ތަޅާ ލަމުންނެވެ.

މިކަމާއި ގުޅިގެން ހިޔާ ޔޫނިއަން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮމާޝަލް ޖާގަތަކެއްގެ ގޮތުގައި ގްރައުންޑް ފްލޯ ބަދަލުކޮށް، އެޕާޓްމަންޓްގެ ފާރުތައް ތަޅާލައި ވިޔަފާރިތަކަށް ޖާގަ ހޯދާއިރު، އިމާރާތުގައި ވަޒަންވެރިވާ އާއިލާތަކަށް އޮތީ ހަރުކަށި އުސޫލުތަކެއް ކަމަށެވެ. އެ ޔޫނިއަނުން ބުނި ގޮތުގައި އެއްވެސް ކަހަލަ ބެލުމެއްނެތި ކޮމާޝަލް ޔުނިޓްތަކުގެ ބެރިތައް ތަޅާ ފާރުކަނޑަމުން ގެންދާ ނަމަ އެ ފަދަ އުސް އިމާރާތްތަކަށް ދިގު މުއްދަތަށް ވިސްނާއިރު ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެ އެވެ.

އެ ޔޫނިއަންއިން ބުނީ ޑިޒައިނަށް ގެނައި ބަދަލާއި އެކު ކުރިން ފްލެތުތަކުގެ ގޮތުގައި އާންމުންނަށް ދޫކުރަން ހަމަޖެހިފައި ހުރި ތަންތަން މިގޮތަށް ވިޔަފާރީގެ ބޭނުމަށް ދޫކުރުމުން އެތަށް ބަޔަކު ވަނީ ބޯހިޔާވަހިކަމަށް ކުރި އުންމީދުން މަޙުރޫމް ވެފަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް