އޯ.ޓީ.ޖޭ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ސުންގަޑި މިރޭ 12 ޖަހަންދެން އިތުރުކޮށްފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އަށް މައްސަލަ ހުށަހެޅުމުގެ ސުންގަޑި މިރޭ ދަންވަރު 12 ޖެހުމާއި ހަމައަށް އިތުރުކޮށްފި އެވެ. އެ އޮފީހުން ބުނީ ނިޒާމީ ސިފައެއްގައި ރާވައިގެން، ދ...

13 Sep 2021 | 07:47

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އަށް މައްސަލަ ހުށަހެޅުމުގެ ސުންގަޑި މިރޭ ދަންވަރު 12 ޖެހުމާއި ހަމައަށް އިތުރުކޮށްފި އެވެ.

އެ އޮފީހުން ބުނީ ނިޒާމީ ސިފައެއްގައި ރާވައިގެން، ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސި މިނިވަންކަމާ ޚިލާފަށް ދަޢުލަތުގެ މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ އިސް-ހިންގުންތެރިން ހިންގާފައިވާ ޢަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް ގިނަ އަދަދެއްގެ މައްސަލަތަކެއް ހުށަހެޅެމުންދާތީ، ވީހާވެސް ގިނަ ޢާންމުންނަށް މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިރޭ 12:00 އާ ހަމައަށް އޮފީހުގެ ރިސެޕްޝަނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އޯޓީޖޭ އޮފީހުން ބުނީ އެއްވެސް ފަރާތަކުން އެ އޮފީހަށް މައްސަލައެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، މިރޭގެ ނިޔަލަށް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected]  އަށް މައްސަލަތައް ހުށަހެޅުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ފުރުޞަތުގައި އޯ.ޓީ.ޖޭގެ މަސައްކަތްތަކަށް އެންމެހައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް