ނޮވެމްބަރު މަހުން ފެށިގެން ސްރީލަންކަން އެއަރލައިންސްގެ ޑައިރެކްޓް ފްލައިޓުގެ ދަތުރުތައް ގަމަށް ފަށަނީ

ސްރީލަންކަން އެއަރލައިންސްގެ ޑައިރެކްޓް ފްލައިޓުތައް ނޮވެމްބަރު މަހުން ފެށިގެން ސ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފަށަން ނިންމައިފި އެެވެ. އެ އެއަރލައިންގެ މާލޭ އެޖެންޓުން ހާމަކޮށްފައިވާ ގޮތުގައި މި...

13 Sep 2021 | 07:20

ސްރީލަންކަން އެއަރލައިންސްގެ ޑައިރެކްޓް ފްލައިޓުތައް ނޮވެމްބަރު މަހުން ފެށިގެން ސ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފަށަން ނިންމައިފި އެެވެ.

އެ އެއަރލައިންގެ މާލޭ އެޖެންޓުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުތައް ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހު ދެވަނަ ދުވަހުން ފެށިގެން ނެވެ.

ގަމުން ފުރާ ފަރާތްތަކަށް ލަންކާ މަގުން ގިނަ ސަރަހައްދުތަކަށް ދަތުރު ކުރެވޭނެ ކަމަށާއި އެގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކަށް މިހާރު ވެސް ކަނެކްޝަން ލިބޭނެކަން އެޖެންޓު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ އެއަރިލައިނުން މިހާރުވެސްއަންނަނީ ޗާޓަރު ދަތުރުތަކެއް ގަމަށް ކުރަމުން ނެވެ. މިފްލައިޓުތަކުގައި ގިނައިން އަންނަނީ އިންޑިއާގެ ފަތުރުވެރިން ނެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ޑިސެމްބަރު، 1، 2016 ގައި ރަސްމީކޮށް ފަށާފައިވާ އިރު، ހަފްތާއަކު ތިން ދަތުރު ދިޔައީ ކުރަމުން ނެވެ.

އެކަމަކު އެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލީ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމަށްޓަކައި އަޅަމުންދިޔަ ފިޔަވަޅުތަކާއި ގުޅިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް