ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޯން މިދުވަސްވަރު އުޅެނީ ވަރަށް އުފަލުންނެވެ.
އެއީ އެނާ ބުރަ މަސައްކަތެއް ކުރަން ޖެހުނު ފިލްމު "މިމީ" ރިލީޒް ކުރުމާއި އެކު ލިބުނު ތަރުހީބުގެ ބޮޑުކަމުންނެވެ. އިތުރު ގިނަ ފިލްމުތަކެއްގެ އަތުގައި ހުރި ކްރިތީ "މަމީ" އިން ލިބުނު ކާމިޔާބާއި އެކު ހަދިޔާއެއް ގަނެ އަމިއްލަ މީހާއަށް ވަނީ ހަދިޔާ ކޮށްފަ އެވެ.
ކްރިތީ ގަނެފައިވަނީ މާސިޑީޒް މައިބަކް ޖީއެލްއެސް 600 އެކެވެ. މި ކާރުގެ އަގު އިންޑިއާގައި އުޅެނީ 2.43 ކްރޯޑް ރުޕީސް އަށެވެ. ކްރިތީ ވަނީ ކާރުގައި މާފަތި އަޅުވައި ކާރާ އެކު ފޮޓޯ ނަގައި އޭނާ އަމިއްލަ މީހާއަށް ހަދިޔާ ކުރި ކާރެއް ކަމަށް ބުނެފަ އެވެ.
މިއީ މިއަހަރު ތެރޭގައި މާސިޑީޒް މައިބަކްގެ މި މޮޑެލްގެ ކާރު ގަތް ބޮލީވުޑްގެ ތިން ވަނަ ތަރި އެވެ. މިއަހަރު ކުރީ ކޮޅު އިންޑިއާ ބާޒާރަށް ނެރުނު މި ކާރު އެންމެ ފުރަތަމަ ގަތީ ރަންވީރު ސިންގް އެވެ. އޭގެ ފަހުން މީގެ މަހެެއްހާ ދުވަސް ކުރިން އަރްޖުން ކަޕޫރު ވަނީ މީގެ ކާރެއް ގަނެފަ އެވެ.
ކްރިތީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ ޝޫޓިން ނިންމާފައިވާ ފިލްމުތަކުގެ ތެރެގައި "ބަންޗަން ޕާންޑޭ" އަދި "ހަމްދޯ ހަމާރޭ ދޯ" ހިމެނެ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގަނަޕަތް" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް