ރީބްރޯޑްކާސްޓަރުން ޗެނަލްތައް ގިންތި ކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް މޯލްޑިވްސ ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ދީފި އެވެ.
އެ ކޮމިޝަނުން ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވަނީ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު ގެ 33 ވަނަ މާއްދާގެ (ހ) ގައި "ކޮންވެޝަނަލް ރީބްރޯޑްކާސްޓު ކުރާ ޗެނަލްތަކަކީ ދިވެހިރާއްޖޭގެ ކަމާއިބެހޭ އިދާރާއިން ގިންތިކޮށް، ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ޗެނަލްތަކެއް ކަމުގައި ވާންވާނެ" ކަމަށެވެ.
އެހެންނަމަވެސް ފަރާތްތަކުން ރީބްރޯޑްކާސްޓު ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޗެނަލްތައް ގިންތި ކުރުމާއި ނުލާ ޚިދުމަތް ފޯރުކޮށްދެމުން ދާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ބްރޯޑްކޮމް ގެ ސަރކިއުލަރ ގައި ވަނީ ބުނެފަ އެވެ.
ބްރޯޑްކޮމް އިން ބުނީ މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލްތައް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ގިންތިކޮށް، އެ ކޮމިޝަނަށް އެންގުމަށް އެދޭ ކަމަށެވެ.
https://twitter.com/broadcomMV/status/1437270442297888775?s=19
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް