ކޮކާކޯލާގެ "ކޯކް، ފުޑް އެންޑް ފުޓްބޯލް"ގެ ފުރަތަމަ ބުރުގެ ނަސީބުވެރި 3 ފަރާތަށް އިނާމު ހަވާލުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް ހޮވިފައިވަނީ އައިޝަތު ނާއިފާއާއި ހުސައިން ރިޔާޒާއި ފަހީމާ ގާސިމް އަދި ފަރުހަމަތު ރަޝީދެވެ.
ކޮކާ ކޯލާ އިން ބުނީ އެ ނަސީބުވެރިންނަށް ސްމާޓް ފޯނާއި 50 އިންޗީގެ ސްމާޓް ޓީވީ އަދި ކޮކާކޯލާ ބްރޭންޑުގެ މިނީ ފުރިޖެއް ދީފައިވާ ކަމަށެވެ.
މި ޕްރޮމޯޝަނަކީ ރާއްޖޭގެ ފުޓުބޯޅަ ސީޒަނާ ދިމާކޮށް، މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން މިމަހުގެ 30ގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފަ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ޕްރޮމޯޝަނަށް ޚާއްސަކޮށްފައިވާ ރަން ކުލައިގެ މަތިޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައި ޖަހާފައިވާ ކޯޑު 2626 އަށް ފޮނުވުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަނަށް ޚާއްސަކޮށްގެން ނެރެފައިވަނީ 300 މިލިލީޓަރާއި 500 މިލިލީޓަރާއި 1.25 ލީޓަރާއި ދެ ލީޓަރުގެ ކޯކު ފުޅި އެވެ.
އެ ޕްރޮމޯޝަނުން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯނާއި 50 އިންޗީގެ 25 ޓީވީ ހިމެނެ އެވެ. އަދި ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޑެޓް އެޑިޝަން ކުދި ފްރިޖާއި ކޯކުގެ ބްރޭންޑު ޖަހާފައިވާ އެކި ބާވަތުގެ 225 މާޗެންޑައިސް ވެސް ހިމެނެ އެވެ.
އޭގެ ތެރެއިން ކޯކުގެ ލޯގޯ ޖަހާފައިވާ ކުދި ފްރިޖަކީ ޕްރޮމޯޝަން ކުރިއަށްދާ ކޮންމެ ދުވަހަކު ދޭ އިނާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް