ޔާމީން ދޫކޮށްލަން ޖާމިނުވާން ތައްޔާރަށް ތިއްބެވި ބޭފުޅުންގެ ލިސްޓަށް އާދަމް ޝަރީފް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ދުކޮށްލުމަސް ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނުގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ. ...

13 Sep 2021 | 04:37

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ދުކޮށްލުމަސް ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނުގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔަމީން ޖަލަށްލާން ހުކުމް ކުރީ2019 ނޮވެމްބަރު28 ގައި އެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި އިއްޔެ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވަނީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދިނުމަށް އެދިފަ އެވެ.

އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލުމަސް ކުރުމަށް ޖާމިނުވާން އެނާ ތައްޔާރަށް ހުންނެވި ކަމަށެވެ. އާދަމް ވަނީ ކަފާލާތުގެ ދަށުން އެހެން ސިޔާސީ ފަރާތްތައް ދޫކޮށްލި ފަދައިން ރައީސް ޔާމީންވެސް ދޫކޮށްލުމަށް އިލްތިމާސް ކޮށްފަ އެވެ.

https://twitter.com/Adamshareefz/status/1437250707900420103

މީގެ ކުރިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ޔާމީން ޖަލުން ދޫކޮށްލަން ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަސް އެތައް ފަހަރަކު ވިދަޅުވެފަ އެވެ. އަދި އިދިކޮޅު އެހެން ސިޔާސި އިސް ފަރާތްތަކާއި އެކްޓިވިސްޓުންވެސް ވަނި ޔާމީން ޖަލުން ނެރެ ބަދަލުގައި އެމީހުން ޖަލުގައި ތިބުމަށް ތައްޔާރަސް ތިބި ކަމަށް ބުނެފަ އެވެ.

ޖާމިނުވުމުގެ ވާހަކަ ދެކެވެން ފެށި ޖިންސީ ގޯނާގެ ހަތް ތުހުމަތެއްގައި ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ދޫކޮށް ކޯޓުގެ ހުއްދަ އާއި އެކު ވަޑައިގެންނެވި މައްސަލައިގަ އެވެ. އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް