ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ދޮންބައްޕައަށް ހަމަލާދީ ބޯ ފަޅާލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި އެވެ. އެމީހާއަށް ހަމަލާ ދީފައިވަނީ ގްރޫޕަކުން ކަމަށެވެ.
ފުލުހުން ބުނީ ރޭ 8:24 ހާއިރު ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި 41 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ބުންޏެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހާއަށް ގްރޫޕުން ހަމަލާދިނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެވެ. އަދި އެކަން މީގެ ދެ ދުވަސް ކުރިން ފުލުހުންނަށް ހުށަހެޅި ނަމަވެސް ފުލުހުން އެ ދޮންބައްޕައަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް ނާޅާ ކަމަށްވެ އެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ރޭ މާރާމާރީ ހިންގި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް