ބަލިމީހަކު މާލެ ގެނައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ފުރަތަމަ ފަހަރަށް މާލެއަށް ޖައްސައިފި އެވެ.
ހެލިކޮޕްޓަރު ޖެއްސުމަށް އެމްއެންޑީއެފުން ވަނީ އުސްފަސްގަނޑުގައި ހެލިޕޭޑެއް ހަދާފަ އެވެ. މި ހަފްތާގައި ވަނީ ހެލިޕޭޑަށް ހެލިޕޮކްޓަރު ޖެއްސުން ރައްކާތެރިތޯ ބެލުމަށް ޓެސްޓުކޮށްފައި އެވެ.
މިއަދު ހަވީރު އެ ހެލިކޮޮޕްޓަރުގައި ގެނައީ ހާލު ދެރަވެގެން ދ. ބަނޑިދޫން މާލެ އަށް އުފުލި ދުވަސްވީ ބަލިމީހެކެވެ.
މީގެ ކުރިން ހެލިކޮޕްޓަރުގައި ގެންނަ ބަލި މީހުން ބާލަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މާލެއަށް ހެލިކޮޕްޓަރު ޖައްސާގޮތަށް ހަމަޖެއްސީ ބަލިމީހުން އަވަހަށް ހޮސްޕިޓަލަށް ގެންދިއުމަށް ފަސޭހަވާނެތީ ކަމަށެވެ.
އެމްއެންޑީއެފަށް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ދުއްވަނީ އިންޑިއާ ސިފައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް