ސީރިއާއަށް ދާން އުޅެނިކޮށް ހައްޔަރު ކުރި މީހުން ރާއްޖެ ގެނެސްފި

ހަނގުރާމައިގަ ބައިވެރިވުމަށް ސީރިއާއަށް ދާން އުޅެނިކޮށް މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސްފި އެވެ. އެ ދެމީހުން ހައްޔަރު ކުރީ މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓު ހަމަލާއަކާއި ދެކ...

13 Sep 2017 | 08:30

ހަނގުރާމައިގަ ބައިވެރިވުމަށް ސީރިއާއަށް ދާން އުޅެނިކޮށް މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސްފި އެވެ.

އެ ދެމީހުން ހައްޔަރު ކުރީ މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓު ހަމަލާއަކާއި ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެކަމަކު އެ ދެމީހުންނަކީ އެ ހަމަލާ އާއި ގުޅުން ހުރި ބައެއް ކަމަކަށް ނުވެ އެވެ.

އެމީހުން ރާއްޖެ ގެނައިކަން ފުލުހުން ޔަގީންކޮށްދިނަސް މައްސަލައިގެ ބާވަތުން އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

ހައްޔަރު ކޮށްފައިވާ ދިވެހިންގެ ވަނަވަރު ހާމައެއް ނުކުރެއެވެ. މެލޭޝިއާ ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 29 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ދެމީހުންނަކީ މެލޭޝިއާގައި އެއާ ކޮންޑިޝަންގެ މަސައްކަތް ކުރާ ދެމީހުންނެވެ. އެމީހުން ހައްޔަރު ކުރީ މެލޭޝިއާ އާއި ސިންގަޕޫރު ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކޮށްގެން ސީރިއާއަށް ހަނގުރާމަ ކުރަން ދާން އުޅުމުގެ ތުހުމަތުގަ އެވެ.

ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން އެކި ގައުމުތަކަށް ނިސްބަތްވާ 17 މީހަކު ހައްޔަރު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް