ފްލެޓު ލިބުނު މީހުންގެ ލިސްޓުގެ މައްސަލަތަކެއް އޭސީސީއަށް!

ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބޭ ކަމަށް އިއުލާނު ކޮށްފައިވާ މީހުންގެ ލިސްޓާއި ގުޅޭގޮތުން އޭސީސީއަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ. އެ ލިސްޓާ ގުޅޭ މައ...

13 Sep 2017 | 08:22

ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބޭ ކަމަށް އިއުލާނު ކޮށްފައިވާ މީހުންގެ ލިސްޓާއި ގުޅޭގޮތުން އޭސީސީއަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.

އެ ލިސްޓާ ގުޅޭ މައްސަލަތަކެއް ހުށަހަޅާފައިވާކަން އޭސީސީން މީޑިއާގައި ވަނީ ޔަގީންކޮށްދީފަ އެވެ. އޭސީސީން ބުނީ ގިނަ އިން ހުށަހަޅާފައިވަނީ އެހެން ފަރުތަކާިއ ހިލާފަށް ފްލެޓު ލިބުނު މީހުންގެ ތަފްސީލް ހާމަކޮށްފައިވާ ކަމެވެ.

ފޯމް ހުށަހަޅާ ވަގުތު ޕޮއިންޓް ދީފައިވާއިރު ޕޮއިންޓް ލިބުނު ގޮތުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އޮޅުންފިލުވައި ނުދޭ ކަމަށް ބުނެފައިވެ އެވެ. އަދި މަތިން ޕޮއިންޓް ލިބިފައިވާ މީހުންނަށް ފްލެޓު ނުލިބުނު ސަބަބުވެސް އެ މިނިސްޓްރީއަށް އޮޅުންފިލުވައި ދެވިފައި ނުވާކަމަށް ބުނެފަވެ އެވެ.

މީގެ ތިން އަހަރު ކުރިން ސަރުކާރުން އިއުލާނު ކުރި “ގެދޮރުވެރި ކުރުން” ޕްރޮގްރާމުގެ ދަށުން އިއުލާނު ކުރި ފްލެޓަށް 15،000 މީހުން ފޯމް ލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ 661 މީހެއްގެ ފޯމް ނަމްބަރު ހޯމަ ދުވަހު ހައުސިން މިނިސްޓްރީން އާންމުކޮށްފައިވެ އެވެ.

ފްލެޓް ލިބޭމީހުންގެ ލިސްޓުގައި ވާގޮތުން ކެޓަގަރީ 1 އިން ފްލެޓް ދޭން ހަމަޖައްސާފައި ވަނީ 500 މީހުންނަށެވެ. އަދި ކެޓަގަރީ 2 ގެ ފްލެޓުތަކުން 161 މީހުންނަށެވެ.

އާންމުކޮށް ފްލެޓް ލިބޭ މީހުންގެ ނަމާއި ވަނަވަރު އިއުލާނު ކުރާއިރު މިފަހަރު ހަމައެކަނި ފޯމް ނަމްބަރު އާންމު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒު ވަމުންނެވެ.

އެކަމަކު ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އެއީ ފްލެޓް ލިބޭ މީހާގެ މައުލޫމާތު ސިއްރު ކުރުމަށް ކުރި ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް