ރޮހިންޖާ މުސްލިމުންނަށް ފައިސާއިންއެހީވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ފައިސާއިން އެހީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސަރުކާރުން ވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް މީޑިއާ އާއި އ...

13 Sep 2017 | 07:16

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ފައިސާއިން އެހީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަރުކާރުން ވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް މީޑިއާ އާއި އެހެނިގެން ފަރާތްތަކާއި ގުޅިގެން ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމާފަ އެވެ. އެކަމަށް ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައިވެ އެވެ.

މި ހަރަކާތުގެ ތެރެއިން މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ފައިސާ ހަދިޔާ ކުރެވޭނެ އެކައުންޓުތަކެއް ބޭންކް އޮފް މޯލްޑިވްސް އާއ އިސްލާމިކް ބޭންކުގައި ވަނީ ހުޅުވާފަ އެވެ.

ބީއެމްއެލް: ރުފިޔާ އެކައުންޓު، 7730000160818

ބީއެމްއެލް: ޑޮލަރު އެކައުންޓު، 7730000160816

އެމްއައިބީ: ރުފިޔާ އެކައުންޓު، 901 01 48001218 1001

މީޑިއާ އާއި ގުޅިގެން ކުރިޔަށް ހާއްސަ ޓެލެތޯންއެއް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ. އެގޮތުން މިމަހުގެ 21 ން 23 އަށް މި ޓެލެތޯން ކުރިޔަށް ގެންދާއިރު އެސްއެމްއެސް މެދުވެރިކޮށް އެހީވެވޭނެ ގޮތް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ ިއތުރުން އިންޓަނޭޝަނަލް އެއިޑް ފަންޑުން ވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމާފަ އެވެ. އަދި ރާއްޖެ ޓީވީން އިސް ނަގައިގެން ވަނީ ޓެލެތޯން އެއް ކުރިޔަށް ގެންގޮސްފައި އެވެ.

އެ ޓެލެތޯންގައި ރާއްޖޭގެ 22 ރަށަކުން ބައިވެރިވެފަވެ އެވެ. އެ ޓެލެތޯން އިން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް