މޫސުން ވަރަށް ގޯސް، ކަނޑު ދަތުރު ކުރުމުގައި ސަމާލުވޭ!

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފި އެވެ. އެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި އެންމެ ބޮޑަށް މޫސުން ގޯސްވާނީ ށ. އަތޮޅުން ފެށިގެ...

13 Sep 2017 | 06:13

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފި އެވެ.

އެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި އެންމެ ބޮޑަށް މޫސުން ގޯސްވާނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދު ކަމަށެވެ. އެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ 23 މޭލާއި 29 މޭލު ބާރު މިނުގައި ކަމަށެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން މިއަދު ވަނީ ކަނޑުދަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް އަންގާފަ އެވެ. އެ އިދާރާއިން ބުނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހޭއިރު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މާލެ އާއި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބާރަށް ވައި ޖެހި، ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އަދި އަންނަ ހުކުރު ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް