ސްޓީވް ޖޮބްސް ތިއޭޓަރުގައި އެޕަލްއިން ރޭ ބޭއްވި ހަފްލާގައި އެޕަލްގެ އައިފޯނު ފްލެގްޝިޕްގެ އައު ތިން ފޯނު މިވަނީ ދައްކާލައިފަ އެވެ. އެއީ އައިފޯނު 8، އައިފޯނު 8 ޕްލަސް އަދި އެންމެންނަށް ބޮޑު ހައިރާން ކަމެއް ގެނުވި އައިފޯނު އެކްސް އެވެ.
"އައިފޯނުގެ ހަޔާތުގައިވެސް މިވަރުގެ ބޮޑު އިމްޕެކްޓެއް އަހަރެމެންނަށް އަދި ނާދޭ" އެޕަލްގެ ސީއީއޯ ޓިމް ކުކް ރޭގައި ބުންޏެވެ.
އަގުތައް އައިފޯނު 8 ކުން ފަށަމާހެއްޔެވެ. 64 ޖީބީގެ މޮޑެލްގެ އަގަކީ 699 ޑޮލަރެވެ. 64 ޖީބީގެ އައިފޯނު 8 ޕްލަސްގެ އަގަކީ 799 ޑޮލަރެވެ. ޕްރީ އޯޑަރު ނަގަން ފަށާނީ ސެޕްޓެމްބަރު 15ގަ އެވެ. ފިހާރަތަކުން ގަންނަން ލިބޭނީ 22ގަ އެވެ.
ދެން އޮތީ އައިފޯނު އެކްސްގެ އަގެވެ. އަގު ފެށެނީ 999 ޑޮލަރުންނެވެ. ޕްރީ އޯޑަރު ނަގަން ފަށާނީ އަންނަ މަހުގެ 27ގަ އެވެ. ވިއްކަން ފަށަނީ ނޮވެމްބަރު 3 ގަ އެވެ.
އެޕަލްގެ އައިފޯނު 8 އަދި 8 ޕްލަސްގެ ފީޗާތަކަށް ބަލާއިރު އެސް 8 ގައި ހިމަނާފައިވަނީ 4.7 އިންޗީގެ ރެޓީނާ އެޗްޑީ ޑިސްޕްލޭ އެކެވެ. 8 ޕްލަސްގައި ހިމަނާފައިވަނީ 5.5 އިންޗީގެ ރެޓީނާ އެޗްޑީ ޑިސްޕްލޭ އެކެވެ. ބޮޑީ އުފައްދާފައިވަނީ ބިއްލޫރިންނެވެ. ވަޔަރލެސްކޮށް ޗާޖު ކޮށްލެވެ އެވެ. ރިހި ކުލައާއި އަޅި ކުލަ އާއި ރަންކުލައިގެ ފޯނު ދެ މޮޑެލުގައިވެސް ހިމެނެ އެވެ.
ސެންސަރުތަކާއި ލެންސްތައް ވަނީ އައު ޗިޕް، އޭ11 މަރުކާގެ ބަޔޯނިކް ޗިޕާއި ގުޅާލެވިފަ އެވެ. އަމިއްލަ ޖީޕީޔޫ އެކެވެ. ކުރީގެ ފޯނުތަކަށްވުރެ 30 އިންސައްތަ ހަލުވި ވާނެ އެވެ.
އެންމެނަށް ހައިރާން ކަމެއް ގެނުވި އައުފޯނު އައިފޯނު އެކްސްގެ ފީޗާތަކަށް ބަލާލާއިރު ހިމަނާފައި އެވަނީ އައު ސުޕަރ ރެޓިނާ ޑިސްޕްލޭ އެވެ. ރެސޮލިއުޝަން އެންމެ މަތީގެ ކެމެރާ އެކެވެ. ރެސޮލިއުޝަން އަކީ 2046 ގުނަ 1125 އެވެ. ޕީޕީއައި އަކީ 455 އެވެ. މަތިން ތިރިއަސް ސްކްރީނެވެ. ހޯމް ބަޓަން ހިމަނާފައެއް ނުވެ އެވެ.
ފޯނަށް ބަލާލުމުން އަންލޮކް ވާނެ އެވެ. ހުރިހާ ޝުކުރެއް، އަލަށް ތައާރަފް ކުރި ފޭސް އައިޑީ އަށެވެ. ކެމެރާ ސިސްޓަމާއި އައު ޗިޕާއި ގުޅާލާފައި ވުމުން ފަޅި ސިކުންތަކަށްވުރެ އަވަހަށް ސްކޭން ކޮށް ހުޅުވާލަދެ އެވެ. ކެމެރާގައި އިންފްރާ ރެޑް ޓެކްނޮލޮޖީ ހިމަނާފައި ވެ އެވެ. ފްލަޑް އިލުމިނޭޓަރަކާއި ޑޮޓް ޕްރޮޖެކްޓަރެއް ހިމަނާފައި ވެ އެވެ. ތޮތްޕެއް އަޅާފައި ހުއްޓަސް އަދި ހެއަރ ސްޓައިލް ބަދަލުކޮށްލާފައި ހުއްޓަސް ފޭސް ރެކޮގްނައިޒް ކުރުމުގެ ގާބިލުކަން ލިބިފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް