ގްރެފިކަލްއޭ ނޫންނަސް ގްރެފިކްސް އޭ ކިޔައިފި ނަމަ ރެއާއި ހަމައަށް ފުރިހަމަ ކޮންޓްރޯލު އޮތީ އެންވިޑިއާގެ އަތުގައޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ނަމަވެސް ރޭގައި އެޕަލުން ދައްކައިލި އެ ކުންފުނީގެ އައިފޯނު ފްލެގްޝިޕްގެ އައު ފޯނުތަކާއި އެކު މިކަން މިވަނީ ބަދަލުވެފަ އެވެ.
އެޕަލްގެ އައު އައިފޯނުގައިވާވާ އޭ 11 މަރުކާގެ އައު ބަޔޯނިކް ޗިޕު އުފައްދާފައިއެވަނީ އެޕަލްގެ އަމިއްލަ ޖީޕީޔޫއަކާއި އެކުގަ އެވެ. އައުފޯނުގެ ކެމެރާ އެކުލެވިފައިވަނީ މި ޗިޕާއި އެކުގަ އެވެ. އެހެންކަމުން މި ޗިޕަކީ 6 ކޯރގެ ބާރުގަދަ ޗިޕެކެވެ. މި ޗިޕާއެކު އަމިއްލަ ޖީޕީޔޫއެއް ހިމަނާފައިވުމީ އެޕަލް އަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމުގައި ޑެވެލޮޕޕަރުން ދެކެ އެވެ.
އެޕަލްގެ އަމިއްލަ ޖީޕީޔޫ އައިފޯނު 8 ގައި ހިމަނާފައިވާއިރު މިކަމުގެ ސަބަބުން ފޯނުގެ ކަލްކިއުލޭޝަންތައް ބަހާލެވި ގުދުރަތީ ކަންކަން ދެނެގަތުމުގެ ކުޅަދާނަކަން ފޯނށް އިތުރަށް ލިބިގެން ދެ އެވެ. އަދި ގޭމް ކުޅުމުގައި މިއީ ބޮޑު އިންގިލާބެއް ގެނުވާނެ ކަމެކެވެ.
އެޕަލް އިން ޖީޕީޔޫގައި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާއިރު މިކަން މިހެން ހިނގާފާނެ ކަމުގެ އަޑުތަކެއް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެތުރިގެން ދިޔަ އެވެ. ނަމަވެސް މިކަން މިހާ އަވަހަށް އެޕަލުން ފުރިހަމަކޮށް ފައްކާކޮށް އިމްޕްލިމެންޓް ކޮށްފާނެ ކަމަކަށް އެޕަލްގެ ޕްރޮޑަކްޓްތަކަށް ނަޒަރު ހިންގަމުންދިޔަ ފަރާތްތަކުން ހީކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް