ދަރިވަރުންގެ ސިއްހީ މައްސަލަތަކަށް ހެލްތް އޮފިސަރުން ތަމްރީން ކުރަނީ

ސްކޫލް ކުދިންގެ ހެލްތް ސްކީރިން ޕްރޮގްރާމްގައި ފާހަގަވި ކަންކަމަށް ސްކޫލްތަކުގެ ހެލްތް އޮފިސަރުން ތަމްރީން ކުރަން ފަށައިފި އެވެ. އޭޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ފެށިގެން ކުރިޔަށްދަނީ ސިއްހަތާއި ...

13 Sep 2017 | 03:45

ސްކޫލް ކުދިންގެ ހެލްތް ސްކީރިން ޕްރޮގްރާމްގައި ފާހަގަވި ކަންކަމަށް ސްކޫލްތަކުގެ ހެލްތް އޮފިސަރުން ތަމްރީން ކުރަން ފަށައިފި އެވެ.

އޭޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ފެށިގެން ކުރިޔަށްދަނީ ސިއްހަތާއި ދުޅަހެޔޮކަން އަދި ކެންސަރު ބަލީގެ މައުލޫމާތު ދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އަދި އަލިފުޅު ތުއްތު ފައުންޑޭޝަން ގުޅިގެން ނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި މައްސަލަތައްކަމުގައިވާ އަނގައިގެ ސިއްހަތާއި، ނިއުޓުރިޝަން، ހައިޖިން ފަދަ މައްސަލަތަކާއި ގުޅޭ ގޮތުން ސްކޫލްފެންވަރުގައި ހިންގާނެ ތަފާތު ހަރަކާތަތަކާއި މެދު މަސްވަރާކޮށް ރަށު ފެންވަރުގައި ހިންގާނެ ގޮތް ބުނެދޭނެ ކަމަށެވެ. އަދި ޗައިލް ކެންސަރާއި ޖެނެރަލް ކެންސަރުގެ މައުލޫމާތު ދޭނެ ކަމަށެވެ.

މީގެ އިތުރުން ސްކޫލްތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދިގު މުއްދަތެއްގައި ފަރުވާ ކުރާ ދަރިވަރުންނަށް ސްކޫލުގެ މާހައުލުން ދޭންޖެހޭ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ބެލެހެއްޓޭނެ ހަރުދަނާނިޒާމެއް ގާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ މިމަހުގެ 11 ން 14 ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި 300 ހެލްތް އޮފިސަރުން ބައިވެރިވި އެވެ.

މީގެ ދެވަނަ ޕްރޮގްރާމެއް މިމަހު 25 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް