ހެލްތް މިނިސްޓްރީ އާއި ޗައިނާ އެމްބަސީ ގުޅިގެން "ބްރައިޓްނަސް އައިކޭމްޕް" ގެ ނަމުގައި ލޮލުގެ ފަރުވާއަށް ހާއްސަ ކޭމްޕެއް ކުރިޔަށް ގެންދަން ފަށައިފި އެވެ.
މި ކޭމްޕު ކުރިޔަށް ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި އެވެ. މި ކޭމްޕުގައި ލޮލުގެ ފަރުވާގެ އިތުރުން ލޮލުގެ އޮޕަރޭޝަންތައް ހިލޭ ކޮށްދެ އެވެ.
ދެ ގައުމުގެ ހެލްތް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ މި ލޮލުގެ ކޭމްޕަށް ޗައިނާގެ ހެލްތް މިނިސްޓްރީގެ ނައިބާއި، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ އިއްޔެ ޒިޔާރަތް ކުރެއްވި އެވެ. އާސަންދަ ކުންފުނިން ބުނީ މި ބޭފުޅުންގެ ޒިޔާރަތުގައި މި ކޭމްޕުން ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި ބައްދަލުކޮށް ހާލު އޮޅުން ފިލުވާފައިވާ ކަމަށެވެ.
މި ބޭފުޅުންގެ ޒިޔާރަތުގައި މިއަދު ވަނީ ލޮލުގެ އޮޕަރޭޝަނެއް ކުރިޔަށްދާތަން ބައްލަވާލައްވާފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ މިހާތަނަށް މި ކޭމްޕުން 34 މީހަކު ފަރުވާ ހޯދާފައިވާއިރު 54 ލޮލުގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް