ބަންގްލަދޭޝް މަސްވެރިން ނާޖާއިޒް ފައިދާ ނަގަން ފަށައިފި، ރޮހިންޖާ މުސްލިމުން އުފުލައިދެނީ ބޮޑު އަގެއްގައި

މިޔަންމާގެ ބުދިސްޓުންނާއި ސަރުކާރުން އެގައުމުގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޖާ މުސްލިމް ދަރިކޮޅުގެ ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ޖަރީމާއަށް ކެތް ނުވެގެން އެގައުމު ދޫކޮށް ރޮހިން...

12 Sep 2017 | 22:22

މިޔަންމާގެ ބުދިސްޓުންނާއި ސަރުކާރުން އެގައުމުގެ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޖާ މުސްލިމް ދަރިކޮޅުގެ ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ޖަރީމާއަށް ކެތް ނުވެގެން އެގައުމު ދޫކޮށް ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް ހިޖުރަކުރަން ފަށާފައިވާއިރު ބަންގްލަދޭޝްގެ މަސްވެރިން އެކަމުގެ ނާޖާއިޒް ފައިދާ ނަގައި، ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް އުފުލައިދިނުމުގައި ބޮޑު އަގެއް ނަގަން ފަށައިފި އެވެ.

މިއީ ދާކާ ޓްރިބިއުންގެ ނޫސްވެރިޔާ އާދިލް ޝަޚާވަތު، އޭނާގެ ހޯދުންތަކެއްގެ މައްޗަށް ލިޔެފައިވާ ހަބަރެއްގެ ތަރުޖަމާ އެވެ.

އާދިލް ބުނެފައިވަނީ އެތައް ސަތޭކަ ދޯންޏެއް މިޔަންމާއާއި ދިމާއަށް މިސްރާބު ޖަހާފައި ހުރުމުން، އަދި މީހުން ބަރުކޮށްގެން އެތައް ދޯންޏެއް ނަފް ކޯރު ހުރަސްކުރާ މަންޒަރު ފެނުމުން އެކަން ހިނގާ މަގު ދެނެގަންނަން ބޭނުންވީ ކަމަށާއި އަދި އެކަމުގެ ހަގީގަތް ހޯދުމަށް އޭގެ ދޯންޏެއްގައި މިޔަންމާ ފަޅިއަށް ދިޔައީ ކަމަށެވެ.

"އެތަނުން ދިމާވި އަރަކަން ހަނގުރާމަވެރިއަކު ބުނީ ބަންގްލަދޭޝް މަސްވެރި ދޯނިފަހަރުގައި ދަތުރެއް އެ ކޮށްދެނީ 100 ޑޮލަރަށް ކަމަށް، 100 ޑޮލަރު ނުލިބިއްޖެ ނަމަ އެމީހުން ޖެހެނީ ކޮންމެވެސް އެހެން ގޮތެއް ހޯދަން ކަމަށް" އާދިލްގެ ރިޕޯޓްގައި ވެ އެވެ.

އާދިލްގެ ރިޕޯޓްގައި ބުނެފައިވަނީ އެކަން ބޮޑު މައްސަލައަކަށްވެގެން ބަންގްލަދޭޝްގެ ފަޅިނަ ބައެއް މަސްވެރިން ހައްޔަރުވެސް ކޮށްފައިވާކަމުގެ ރިޕޯޓް ފަހުން ލިބުނު ކަމަށާއި ދުވަހެއް ދުވަހަކަށް އެ އަގު ބޮޑުވަމުން އަންނަ ކަމުގައިވެސް ފާހަގަވެފައިވާކަމަށެވެ.

"އެކަމުގެ އެޖެންޓުންވެސް އެބަ އުޅޭ، އެޖެންޓުން ބުނަނީ 100 ޑޮލަރޭ އެކަމަކު ބައެއްފަހަރު ދޯނިން އެބަ ބުނޭ 120 ޑޮލަރޭ، އަދި ޑޮލަރު ނުދީފި ނަމަ ރެފިއުޖީން ދޯނިން ފޭބިޔަނުދީ ހިފަހައްޓައިގެންވެސް މަސްވެރިން އެބަތިބޭ" އާދިލް ބުނެފައި ވެ އެވެ.

އާދިލްގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ނަފް ކޯރުގެ މިޔަންމާއާއި ވީ ފަޅީގައި މިހާރުވެސް އެތައް ހާސް ބަޔަކު ދޯނި ނުލިބިފައިތިބި އިރު އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަނީ އަރަކަން ހަނގުރާމަވެރިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް