ރާއްޖޭގައި މަސައްކަތްކުރާތާ އަށް އަހަރުވެފައިވާ ބަންގްލަދޭޝްގެ އަންހެނަކު އިސްލާމް ވެއްޖެ އެވެ.
ޖަމިއްޔަތުލް ސަލަފްގެ އިސް މެމްބަރެއް ކަމަށްވާ އަލީ ރަމީޒްގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ އަންހެންމީހާ އިސްލާމްވީ ދާދި ދެންމެއަކު ޖަމިއްޔަތުލް ސަލަފްގެ އޮފީހުގައި ކަމަށެވެ.
އަލީ ރަމީޒްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާގޮތުން އެ އަންހެން މީހާ އަށް ޝަހާދަތުގެ ދެކަލިމަ ލައިދެއްވީ ޝެއިހް ހަސަން މޫސާ ފިކުރީ އެވެ.
ލަންކާގެ އަންހެނަކު މިއަދު އިސްލާމްވެފައިވާއިރު ޝަލަފްގެ އޮފީހުގައި ލަންކާގެ ފިރިނެނަކު ވަނީ މި މަހުގެ ތިން ވަނަ ދުވަހު އިސްލާމް ވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް