އެޑިއުކޭޝަން މިނިސްޓަރު އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރައްވައިފި

ހއ އަތޮޅުގެ ރަށްތަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އުތީމަށް ވަޑައިގެން އުތީމު ގަނޑުވަރަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ. އެޑިއު...

13 Sep 2015 | 07:32

ހއ އަތޮޅުގެ ރަށްތަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އުތީމަށް ވަޑައިގެން އުތީމު ގަނޑުވަރަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި އުތީމް ގަނޑުވަރަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދިވެހި ތާރީޚުގެ މުހިއްމު ތަރިކައެއް ކަމުގައިވާ އުތީމުގަނޑުވަރު ހިމާޔަތް ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުންފިލުއްވެވި އެވެ. އަދި  އެކަންތައް ހައްލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވަ އެވެ.

މިއަދު އުތީމަށް ވަޑައިގެން އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރަށްވާފައިވާއިރު މިނިސްޓަރު ވަނީ އެ އަތޮޅުގެ 15 ސްކޫލަކަށް ޒިޔާރަތް ކުރައްވާފަ އެވެ. ބުރާސްފަތި ދުވަހު ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު މިއަދު މާލެ ވަޑައިގަންނަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް