ރޭގެ އެކްސިޑެންޓްގައި އަތް ބިނދުނު ޒުވާނާ މާލެ ފޮނުވާލަނީ

ރޭ އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެކަކު މަރުވެފައިވާއިރު އެ އެކްސިޑެންޓްގައި އަތް ބިނދުނު ޒުވާނާ މާލެ ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ....

13 Sep 2015 | 07:05

ރޭ އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެކަކު މަރުވެފައިވާއިރު އެ އެކްސިޑެންޓްގައި އަތް ބިނދުނު ޒުވާނާ މާލެ ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މަރަދޫ ހުދުފަސް އަހުމަދު ހާނިޝް، 21، އަށް ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް މާލެ ފޮނުވާލަނީ ބިނދިފައިވާ އޭނާގެ ކަނާތަށް ލިބިފައިވާ ގެއްލުން ބޮޑުކަމުން އިތުރު ފަރުވާ ކަމަށެވެ.

ރޭ 11:00 ހާއިރު ހިތަދޫ ސަރަހައްދީ އިންޖީނުގެ ކައިރީގައި ހިނގި އެކްސިޑެންޓްގައި މަރުވެފައިވަނީ އެރަށު ވިޖްނީގޭ، އިބްރާހިމް ކަލޯ، 59، އެވެ.

ދެ ސައިކަލެއްޖެހި ހިނގި މި އެކްސިޑެންޓްގައި ޒަހަމްވި އިތުރު މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު އިބްރާހިމް ކަލޯ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް