ޕްރިމިއަރލީގު: އަހަންނަކީ ޗެލްސީއަށް އެންމެ ރަނގަޅު ކޯޗު – މޮރީނިއޯ

ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތެރޭގައި ޗެލްސީން އެންމެ ދަށްކޮށް ލީގެއް ފަށާފައިވަނީ މި ސީޒަންގައެވެ. ރޭ އިނގެރޭސި ޕްރިމިއަރ ލީގުގައި އެވަރޓަންއާއި ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ބަލިވުމަށް...

13 Sep 2015 | 05:35

ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތެރޭގައި ޗެލްސީން އެންމެ ދަށްކޮށް ލީގެއް ފަށާފައިވަނީ މި ސީޒަންގައެވެ. ރޭ އިނގެރޭސި ޕްރިމިއަރ ލީގުގައި އެވަރޓަންއާއި ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ބަލިވުމަށްފަހު ޗެލްސީގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ މިއީ މޮރީނިއޯގެ ފެންވަރު ނޫންކަމަށާއި މޮރީނިއޯއަކީ ޗެމްޕިއަނެއް ކަމަށެވެ.

" އަހަންނަކީ ޗެލްސީއަށް އެންމެ އެކަށީގެންވާ ރަނގަޅު ކޯޗު، ޗެލްސީން މި ސީޒަންގައި ނެރެމުންދާ ނަތީޖާތަކަކީ މިހާތަނަށް އަހަރެން ކެރިއަރގައި ފެނުނު އެންމެ ދަށް ނަތީޖާތަށް" މޮރީނިއޯ ބުންޏެވެ.

ޗެލްސީން ސީޒަންގައި ކުޅުނު 5 މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ. ތާވަލުގެ 16 ވަނައިގައި އޮތް ޗެލްސީ ކޮޅަށް މިހާތަނަށް ސީޒަންގައި 12 ގޯލް ވަދެފައިވެއެވެ.

ރޭގެ މެޗަށްފަހު ޗެލްސީގެ ސަޕޯޓަރުންނަށް މޮރީނިއޯ ބުނެފައިވަނީ އެނބުރި ފޯމަށް އާދެވޭނެ ކަމަށާއި ރެލިގޭޓް ނުވާނެކަމަށެވެ. ނަމަވެސް ލީގުގެ ފުރަތަމަ 5 މެޗުގެ ތެރެއިން 3 މެޗުން ބަލިވުމާއެކު ލީގު ދިފާއު ކުރުމަށް ހުރަހަކަށް ވެފައިވާކަމަށް މޮރީނިއޯވަނީ ބުނެފައެވެ.

ރޭގެ މެޗުގައި އެވަރޓަންގެ 3 ގޯލްވެސް ކާމިޔާބުކޮށްދީފައިވަނީ ނޭސްމިތެވެ. މޮޅާއެކު އެވަރޓަންއޮތީ އިނގެރޭސި ލީގު ތާވަލުގެ  5 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް