އައިއެސްގެ 12 މީހަކަށް މިސްރުން މަރުގެ ހުކުމް އިއްވައިފި

އައިއެސް ޖަމާއަތާ ގުޅިގެން މިސްރުގައި ހަމަލާއެއް ދޭން ރޭވި 12 މީހެއްގެ މައްޗަށް މިސްރުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ. އެމީހުންނަށް މަރުގެ ހުކުމް އިއްވާފައިވަނީ އައިއެސް ޖަމާއަތާ ގުޅުމުގެ ކު...

13 Sep 2015 | 03:27

އައިއެސް ޖަމާއަތާ ގުޅިގެން މިސްރުގައި ހަމަލާއެއް ދޭން ރޭވި 12 މީހެއްގެ މައްޗަށް މިސްރުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.

އެމީހުންނަށް މަރުގެ ހުކުމް އިއްވާފައިވަނީ އައިއެސް ޖަމާއަތާ ގުޅުމުގެ ކުށުގައްޔާއި އައިއެސްއާއި ގުޅިގެން މިސްރުގައި ގޮއްވުންތަކެއް ގޮއްވަން ރޭވި ކަމުގެ ކުށުގަ އެވެ.

12 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވި އިރު އޭގެ ތެރެއިން މިސްރުގެ ޖަލުތަކުގައި ތިބީ ހަ މީހުންނެވެ. އަނެއް ހަ މީހުންނަށް ހުކުމް

2013 ވަނަ އަހަރު މިސްރުގެ ވެރިކަމުން މުރްސީ ދުރުކުރިފަހުން މިހާތަނަށް އެތައް ސަތޭކަ ހަނގުރާމަވެރިންނެއްގެ މައްޗަށް މިސްރުގައި ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރޭގައި ކުރީގެ ރައީސް މުރްސީ ހިމެނޭއިރު މިސްރުގައި މި އަހަރުތެރޭގައި ހަތް މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް