މިސްރުގެ ކެބިނެޓްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވައިފި

މިސްރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހުރިހާ މިނިސްޓަރުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ. މިނިސްޓަރުންގެ އިސްތިއުފާ ސިޓީތަށް ހުށަހަޅާފައިވަނީ އެގައުމުގެ ބޮޑުވަޒީރު އިބްރާހިމް މަހްލަބްގެ އަތްޕު...

13 Sep 2015 | 03:11

މިސްރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހުރިހާ މިނިސްޓަރުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

މިނިސްޓަރުންގެ އިސްތިއުފާ ސިޓީތަށް ހުށަހަޅާފައިވަނީ އެގައުމުގެ ބޮޑުވަޒީރު އިބްރާހިމް މަހްލަބްގެ އަތްޕުޅަށް ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވީނަމަވެސް މިނިސްޓަރުން އިސްތިއުފާ ދިނީ ކޮން ސަބަބަކާ ހުރެކަން ހާމަކޮށްފައެއް ނުވެ އެވެ.

ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވުމުންވެސް މިސްރުގެ ރައީސް އަބްދުލްފައްތާހް އަލްސީސި ވަނީ މިނިސްޓަރުންގެ އިސްތިއުފާތައް ގަބޫލުފުޅު ކުރައްވަފަ އެވެ. ނަމަވެސް އާ ކެބިނެޓެއް އެކުލަވާލެވެންދެން ހުރިހާ އެންމެންގެވެސް އެއްބާރުލުން ބޭނުންވާކަން ސީސީ ހާމަކުރެއްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިސްރުގެ މިނިސްޓަރުންތައް އިސްތިއުފާ ދެއްވާފައިމިވަނީ ކޮރަޕްޝަންގެ ތުހުމަތުގައި އެގައުމުގެ އެގްރިކަލްޗާ މިނިސްޓަރު ހައްޔަރުކުރިތާ ހަފްތާއެއް ފަހުންނެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކެބިނެޓްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވީ ރައީސްގެ އެންގެވުމަކަށެވެ.

2011 ގައި މިސްރުގެ ރައީސްކަމުން ހުސްނީ މުބާރަކު ދުރުކުރި ފަހުން އެގައުމުގެ ސިޔާސީ މަސްރަހު އަބަދުވެސް ގޮސްފައިވަނީ ވަރަށް ގޯސްކޮށެވެ. ނަމަވެސް ވެރިކަމާ ސީސީ ހަވާލުވެޑައިގަތުމުން އެގައުމުގެ ސިޔާސީ މަސްރަހު ފިނިކޮށް އިގްތިސާދު ކޮޅަށް ޖެހިދާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް