ސަރުކާރުގެ ގިނަ އޮފީސްތަކެއް ވެބްސައިޓްތައް މިއަދު ޑައުންވެއްޖެ އެވެ.
ޑައުންވެފައިވާ ވެބްސައިޓް ތަކަށް ބަލާއިރު، ރައީސް އޮފީސް، ފިނޭންސް، މީރާ، އެޑިއުކޭޝަން މިނިސްޓްރީ، އިމިގްރޭޝަން، ކަރެކްޝަންސް، ކަސްޓަމްސް، ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަން، އޭޖީ އޮފީސް ، އެންވަޔަރަންމަންޓް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް ހިމެނެ އެވެ.
ސަރުކާރުގެ ވެބްސައިޓްތަކުގައި ބޭނުންކުރަމުން އަންނަނީ .gov.mv ކަމަށްވާއިރު އެ ޑޮމެއިން ބޭނުންކުރާ ބައެއް ވެބްސައިޓްތަކަށް މިހާރުވެސް ވަދެވެ އެވެ. އެގޮތުން ޓްރޭޑް، މަޖިލިސް، ޓުއަރިޒަމް މިނިސްޓްރީ، ފޮރިން މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓްތަކަށް ވަދެވެ އެވެ.
މިކަމާ ބެހޭގޮތުން ކަމާބެހޭ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް