އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޓެއްގައި މީހަކު މީހަކު މަރުވެއްޖެ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:00 ހާއިރު ހިތަދޫ ސަރަހައްދީ އިންޖީނުގެ ކަރިއިންނެވެ. އެކްސިޑެންޓްގައި މަރުވެ...

13 Sep 2015 | 00:43

އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޓެއްގައި މީހަކު މީހަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:00 ހާއިރު ހިތަދޫ ސަރަހައްދީ އިންޖީނުގެ ކަރިއިންނެވެ. އެކްސިޑެންޓްގައި މަރުވެފައިވަނީ އެރަށު ވިޖްނީގޭ، އިބްރާހިމް ކަލޯ، 59، އެވެ.

ދެ ސައިކަލެއްޖެހި ހިނގި މި އެކްސިޑެންޓްގައި ޒަހަމްވި އިތުރު މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު އިބްރާހިމް ކަލޯ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި އެކްސިޑެންޓްގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ފޮޓޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި އެކެއްގެ އަތް ބިނދިފައިވާއިރު ދެ ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް