މޫސުން އިންތިހާއަށް ގޯސްވެ މާދަމާ ސަރުކާރު ބަންދުކަމަށް ކަނޑައަޅާފައިވީނަމަވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނެ ކަމުގައި އެ ބޭންކުން ބުނެފިއެވެ.
އެގޮތުން އެ ބޭންކުން މިރޭ ބުނެފައިވަނީ މާދަމާ، 14 އޯގަސްޓް ވާ ބުދަ ދުވަހު އެ ބޭންކު ހުޅުވާނެ ކަން ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި އަންގާ އިއުލާނުކުރާކަމަށާއި ރަސްމީ ބޭންކިންގ ގަޑީގައި އެ ބޭންކުގެ ހުރިހާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވައިގެން ތިބެ ބަރާބަރަށް ހިދުމަތް ދެމުންދާނެ ކަމަށެވެ.
ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މާދަމައަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި މާލެ ސަރަހައްދުގައި ސްކޫލުތައްވެސް މާދަމާ ބަންދުވާނެކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް އޮފިޝަލުން ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް